ރެސްޓޯރަންޓްތަކާ ގުޅިގެން ހިންގޭ ޕްލާސްޓިކް ރިސައިކަލްކުރުމުގެ ޕްރޮގްރާމް

ishan-seefromthesky-SFZtAGW9eSo-unsplash

މާލެއަށް ޚާއްޞަ ކުރެވިގެން ފަށައިގަނެވޭ ރެސްޓޯރަންޓްތަކާ ގުޅިގެން ޕްލާސްޓިކް ރިސައިކަލްކުރުމުގެ ޕްރޮގްރާމަކީވެސް އަވަށް މުސްތަޤްބަލެއްގައި ފަށައިގަތުމަށް ރޭވިފައިވާ ޕްރޮގްރާމެކެވެ. ޕްލާސްޓިކް ފުޅިއަށް އަމާޒުކުރެވިގެން ހިންގޭ މި ޕްރޮގްރާމްގެ ދަށުން، ބައިވެރިވާ ރެސްޓޯރަންޓް ކެފޭ ފަދަ ތަންތަނުން ކޮންމެ ދުވަހަކު ޕްލާސްޓިކް ފުޅި ވަކިކޮށް، އެތަކެތި ޚާއްޞަކުރެވޭ ތަންތަނަށް ޖަމާކުރެވޭނެއެވެ. އަދި، އެއަށްފަހު، ރީސައިކަލްކުރުމަށްޓަކައި މަސައްކަތްކުރާ ކަނޑައެޅިފައިވާ ފަރާތްތަކާ ހަވާލުކުރެވޭނެއެވެ.