މޯޕާގެ އަމާޒުތައް

saud-edum--rhLU6gGWsw-unsplash

ޕްލާސްޓިކް ކުނި މަދުކުރުމަށްޓަކައި، އެކި ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން

އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް، ރީސައިކަލްކޮށް، އިތުރަށް ބޭނުންކުރުމަށް ފުރުޞަތު ތަނަވަސްކުރުން.

ޖަމާއަތުގެ ބައިވެރިވުން އޮވެގެން، އެކި ޕްރޮގްރާމްތަކާއި މަޝްރޫޢުތައް ހިންގައިގެން، މި މައްސަލައަށް ޙައްލުތަކެއް ހޯދަން މަސައްކަތްކުރުން.

ރާއްޖޭގައި ޕްލާސްޓިކް ބޭނުންކުރެވޭ ނިސްބަތް ދެނެގަތުމަށްޓަކައި، އަދި އެކަމާގުޅޭ ތަފާސްހިސާބު ހޯދުމަށް އަމާޒުކުރެވިގެން، ދިރާސީ މަސައްކަތްތަކެއް ކުރުމަށް މަގުފަހިކުރުން.

ކުނީގެ ގޮތުގައި ކަނޑައަށް އެޅޭ ޕްލާސްޓިކްގެ ބާވަތްތައް މަދުކުރުމަށްޓަކައި ހަރުދަނާ ސިޔާސަތުތަކެއް ކަނޑައެޅުމަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުން.