ދ. ކުޑަހުވަދޫ

ނިލަންދެ އަތޮޅު ދެކުނު ބުރީގެ ވެރިރަށް ދ. ކުޑަހުވަދޫއަކީ ބިން އަދި އާބާދީވެސް ނިސްބަތުން ބޮޑު ރަށެކެވެ. އަދި، އެ ސަރަޙައްދުގައި އޮތް އެންމެ ބޮޑަށް ތަރައްޤީވެ، ކުރިއަރާފައިވާ އެއް ރަށްވެސްމެއެވެ. ހަވިއްތަ ފަދަ ތާރީޚީ ބައެއް ބިނާ ހިމެނޭ މިރަށަކީ، ރާއްޖޭގައި އެންމެ ބާރަށް ތަރައްޤީ ވަމުން އަންނަ، ތަޢްލީމާއި ޞިއްޙަތު ފަދަ އަސާސީ ޚިދްމަތްތައް މަތީ ފެންވަރެއްގައި ޤާއިމުވެފައިވާ 3100 ރައްޔިތުން ދިރިއުޅޭ ރަށެކެވެ. ދެ އަތޮޅަށް ޚިދްމަތް ދެމުންދާ ވައިގެ ބަނދަރުވެސް ޤާއިމުކުރެވިފައިވަނީ ކުޑަހުވަދޫގައެވެ.