މުހިންމު ބައެއް ސުވާލު

nattu-adnan-zbhDPO7w7Sg-unsplash

މޯޕާ އަކީ އެން.ޖީ.އޯ އެއްތޯ؟

އާދެ! މޯޕާ އަކީ ރާއްޖޭގައި ރަޖިސްޓްރީ ކުރެވިގެން ހިންގޭ ހިލޭސާބަހަށް މަސައްކަތްކުރާ، އަމިއްލަ ޖަމްޢިއްޔާއެކެވެ.

މޯޕާގެ މެންބަރަކަށް ވެވިދާނެތޯ؟

އާދެ! މޯޕާ ގެ މަސައްކަތްތަކަށް އެކި ގޮތްގޮތުން އެހީތެރިވެދިނުމަށް އަބަދުވެސް މެންބަރުންގެ އެއްބާރުލުން ބޭނުންވެއެވެ. ވިޔަފާރިތަކުން އަޅުގަނޑުމެން ހިންގާ ހަރަކާތްތަކުގައި ބައިވެރިވާން ދޮރު ވަނީ ހުޅުވާލެވިފައެވެ. އަދި، ތިމާވެށްޓާމެދު ޝައުޤުވެރިކަން ހުންނަ އެންމެހާ ފަރާތްތަކަށް، މޯޕާ ގެ މެންބަރުންގެ ދަފްތަރުން އަބަދުވެސް ޖާގަ އޮންނާނެއެވެ. އެކި ގޮތްގޮތުން ހިލޭ ސާބަހަށް މޯޕާއާ ގުޅިގެން މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް ނުވަތަ މޯޕާ އަށް އެހެން ގޮތްގޮތުންވިޔަސް އެހީތެރިވެދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކަށް، މި ވެބްސައިޓް މެދުވެރިކުރައްވާ، މޯޕާއާ ގުޅިވަޑައިގަތުމުގެ ފުރުޞަތު އޮންނާނެއެވެ.

ވިޔަފާރިތަކާއި ޖަމާއަތްތަކަށް މޯޕާއާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުޞަތު އޮންނާނެތޯ؟

މޯޕާ ގެ ހުރިހާ މަސައްކަތަކީވެސް، އެކި ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، އެފަރާތްތަކުގެ މަދަދުވެރިކާމއި ބައިވެރިވުމާއެކު ކުރެވޭ މަސައްކަތްތަކެކެވެ. މޯޕާގެ އަމާޒަކީ އެއްވެސް ކަމެއްގައި މިޖަމްޢިއްޔާއިން ވާދަވެރި ރޫހެއްގައި މަސައްކަތްކުރުމެއް ނޫނެވެ. އެންމެހާ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމެވެ. ވީމާ، މޯޕާ އިން އެކުލަވާލާ މަޝްރޫޢުތަކަށް މާލީގޮތުންނާއި ތަކެތީގެ ގޮތުން އެހީތެރިވެދިނުމަށް، އަދި، އެފަރާތްތަކުގެ އަމާޒުތަކާއި ލަނޑުދަނޑިތައް ހާޞިލުކުރުމާއެކު މަޝްރޫޢުތައް ހިންގަންވެސް މޯޕާ އިން ތައްޔާރެވެ. އަދި، ޢިލްމީ އަދި ފަންނީ އެކި މަސައްކަތްތައްވެސް، މި ޖަމްޢިއްޔާގެ އަމާޒުތަކާ ގުޅުވައިގެން، ހިންގާނެ ފަރާތްތަކަށް މޯޕާއިން އަބަދުވެސް މަރްޙަބާ ކިޔާނެއެވެ.

މޯޕާއިން އިލްމީ މަސައްކަތްތަކެއް ކުރޭތޯ؟

މޯޕާއަކީ، އޯޝަން ޕްލާސްޓިކްސްއާ ގުޅޭގޮތުން އިލްމީ އަދި ދިރާސީ މަސައްކަތްތަކެއް ކުރުމަށް ޝައުޤުވެރިވާ ޖަމްޢިއްޔާއެކެވެ. އެހެންކަމުން ރާއްޖެއާއި ބޭރުގެ އެކި ޢީލްމީ ފަރާތްތަކާއި މަދަރުސާތަކާއި ފަންނީ ފަރާތްތަކަށްވެސް މި ޖަމްޢިއްޔާގެ މަސައްކަތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާނެއެވެ. ދިރާސީ މަސައްކަތްތަކާއި، ހޭލުންތެރިކަން އިތުރު ކުރުން، އަދި މި ދާއިރާއިން އިތުރު ތަޙްލީލުތަކެއް ކުރުމަށްވެސް މޯޕާއިން ޝައުޤުވެރިވެއެވެ. އެފަދަ އެންމެހާ ފަރާތްތަކަށް، މިވެބްސައިޓް މެދުވެރިކޮށް، މޯޕާއާ ގުޅިގެން މަސައްކަތް ފެއްޓެވުމަށް ދަޢުވަތު އަރުވަމެވެ.

މޯޕާއާމެދު އިތުރު މަޢްލޫމާތު ހޯދާނީ ކިހިނެތްތޯ؟

މި ވެބްސައިޓްގައި މޯޕާއާއި މޯޕާގެ މަސައްކަތްތަކާމެދު ގިނަ މަޢްލޫމާތުތަކެއް ހިމެނިފައިވާނެއެވެ. ޝައުޤުވެރިވާ ފަރާތްތަކުން އިތުރު މަޢްލޫމާތު ހޯއްދަވަން ބޭނުންފުޅު ނަމަ، މި ވެބްސައިޓް މެދުވެރިކުރައްވާ މޯޕާއާ ގުޅުއްވުން އެދެމެވެ. އަދި، އަޅުގަނޑުމެންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ބިނާކުރެނިވި ޚިޔާލުފުޅު ދެއްވުމަށްވެސް އެންމެހާ ފަރާތްތަކަށް ވަނީ ހުޅުވާލެވިފައެވެ.