ހޭލުންތެރިކަން އިތުރުކުރުމުގެ މަޝްރޫޢު

830097E3-BFFB-4555-A3D9-ED1BDB35EC5D

އޯޝަން ޕްލާސްޓިކްސްގެ މައްސަލައާމެދު ރާއްޖޭގައި ހޭލުންތެރިކަން އިތުރުކޮށް، މި މައްސަލައާ ގުޅޭ ދެމެހެއްޓެނިވި ޙައްލުތަކެއް ހޯދުމަށް ސިޔާސަތުތަކެއް އެކަށައެޅުމަށް ބާރުއެޅުމުގެ މި މަޝްރޫޢުއަކީ މޯޕާ އިން ހިންގާނެ އެންމެ ފުޅާ އަދި މުހިންމު އެއް މަޝްރޫޢެވެ. ޒުވާން ޖީލުތަކަށް މި މައްސަލަ އުނގަންނައިދީ، މިކަމުގައި މުޖްތަމައުގައި ހޭލުންތެރިކަން އިތުރުކުރުމަށް މޯޕާގެ މި މަޝްރޫޢު އަމާޒުހިފާނެއެވެ.

މިގޮތުން ކުރެވޭ މަސައްކަތްތައް ސޯޝަލް މީޑީޔާ މެދުވެރިކޮށްވެސް ހިންގޭނެއެވެ. އަދި، ލިބޭ މަޢްލޫމާތުތަކުގެ އަލީގައި، މި މައްސަލައަށް ރާއްޖޭގައި ދެމެހެއްޓެނިވި ޙައްލެއް ހޯދުމަށްޓަކައި، ސަރުކާރާ ގުޅިގެން މަސައްކަތްތަކެއް ކުރުމަށް މޯޕާ އިން ޝައުޤުވެރިވެއެވެ. އެކަށޭނަ ސިޔާސަތުތަކެއް ކަނޑައެޅުމުގައެވެ. އަދި، ޤާނޫނީ ޙައްލުތަކެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް މިމައްސަލަ އެގަނައުމަށްވެސް އަމާޒުހިފޭނެއެވެ.