ހިލޭ އެހީ މަޝްރޫޢު

diego-sulivan-HbJgi4GPo30-unsplash

އޯޝަން ޕްލާސްޓިކްސްގެ މައްސަލައާ ގުޅިގެން އެކި ޖަމްޢިއްޔާ ޖަމާއަތްތަކުން ރާއްޖޭގައި ރާވާ، ހިންގާ މަސައްކަތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ކުޑަވުމުގެ ޙައްލެއްގެ ގޮތުގައި، މޯޕާއިން ހިންގާ އެންމެ މުހިންމު އެއް މަޝްރޫޢަކީ، އެފަދަ ފަރާތްތަކަށް، އެކި ގޮތްގޮތުން ހިލޭ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޝްރޫއެވެ. އެހީދޭ އެކިފަރާތްތަކާއި، ވިޔަފާރިތަކާއި، ބައިނަލްއަޤްވާމީ ޖަމްޢީއްޔާ ޖަމާއަތްތަކާ، މިފަދަ މަސައްކަތްތައް ކުރާ ފަރާތްތައް ގުޅުވައިގެން، ބިނާކުރެނިވި އަދި ދެމެހެއްޓެނިވި ބަދަހި ގުޅުންތަކެއްގެ ތެރެއިން މޯޕާއިން އެހީތެރިކަން ފޯރުކޮށްދޭނީ، ހުށަހެޅޭ ލިޔެކިޔުމުގެ އަލީގައި ހެދޭ ދިރާސާއަކުން، އެމަސައްކަތްތަކާއި ފަރާތްތައް ދިރާސާކުރުމަށްފަހުއެވެ.