މާލޭ ސަރަޙައްދުން ޕްލާސްޓިކް ކުނި މަދުކުރުމުގެ ޕްރޮގްރާމް

ishan-seefromthesky-Fcopy8szaoM-unsplash

މާލޭ ސަރަޙައްދަށް ޚާއްޞަކުރެވިގެން ހިންގޭ މި މުހިންމު ޕްރޮގްރާމަކީވެސް 2020 ގެ ތެރޭގައި ފަށައިގަތުމަށް އަމާޒުހިފާފައިވާ ޕްރިގްރާމެކެވެ. މިޕްރޮގްރާމުގެ ދަށުން، ކަމާބެހޭ ރަސްމީ ފަރާތްތަކުގެ ހުއްދައާއި އެއްބާރުލުމާއެކު، ކަނޑައެޅޭ މަގުތަކެއްގައި ޕްލާސްޓިކް ކުނި އެއްކުރާނެ ޑަސްޓްބިންތަކެއް ބެހެއްޓޭނެއެވެ. އަދި، އެޑަސްޓްބިން ތަކަށް ޖަމާވާ ކުނި، ޤަވާއިދުން ނަގައިގެން، ރީސައިކަލްކުރުމަށް މަސައްކަތްކުރާ ފަރާތްތަކާ ޙަވާލުކުރެވޭނެއެވެ. މިޕްރޮގްރާމުގައި، ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި މަސައްކަތްތަކެއްވެސް ކުރެވިގެންދާނެއެވެ. ޕްލާސްޓިކް ފުޅި ފަދަ ކުނި އުކާލުމަށް، މިދެންނެވި ޑަސްޓްބިންތައް ބޭނުންކުރުމަށް ރައްޔިތުންގެ ސަމާލުކަން އިތުރުކުރުމަށެވެ. އަދި، އޯޝަން ޕްލާސްޓިކްސްގެ ނުރައްކާތެރިކަމާމެދު ހޭލުންތެރިކަން އިތުރުކުރުމަށް، މީޑީޔާ މެދުވެރިކޮށް، މަޢްލޫމާތު ދެވޭނެއެވެ.