ޓެކްނޮލޮޖީ ތަޢާރަފުކުރުމުގެ މަޝްރޫޢު

C2669725-4C4D-4BC7-9A27-F7304BD0B40E

އޯޝަން ޕްލާސްޓިކްސްގެ މައްސަލައާ ގުޅޭ އެންމެ ފަހުގެ ހޯދުންތަކާއި ޓެކްނޮލޮޖީ، ރާއްޖޭގައި ތަޢާރަފުކުރުމަށް މޯޕާއިން ޚާއްޞަ މަޝްރޫޢެއް ހިންގާނެއެވެ. މިމަޝްރޫޢުގެ ތެރެއިން، އެންމެ ފަހުގެ ހޯދުންތައް އެކި ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމުގެ އިތުރުން، އޯޝަން ޕްލާސްޓިކްސް އެއްކުރުމާއި ރައްކާތެރިކޮށް ބެލެހެއްޓުން އަދި ރީސައިކަލް ކުރުމުގެ ދާއިރާއިން އެންމެ ޒަމާނީ ޓެކްނޮލޮޖީ މިރާއްޖެއަށް ތަޢާރަފު ކުރުމުގެ މަސައްކަތް ކުރާނެއެވެ.

މިމަޝްރޫޢު ހިންގޭނީ ރާއްޖެއާއި ބޭރުގެ މިފަދަ ފަރާތްތަކާ ގުޅިގެންނެވެ. އަދި، އެންމެ ބޮޑު އިސްކަމެއް ދެވޭނީ ސަލާމަތްތެރިކަމާ އެކު، ދެމެހެއްޓެނިވި އަދި ޚަރަދު ކުޑަ ގޮތްތަކަށް އޯޝަން ޕްލާސްޓިކްސް ރީސައިކަލް ކުރުމުގެ ޒަމާނީ ގޮތްތައް ރާއްޖޭގައި ޤާއިމުކުރުމަށެވެ. އެފަދަ ފަރާތްތަކުން ރާއްޖޭގައި ޤާއިމުވެ، މަސައްކަތްކުރުމަށް މަގުފަހިކޮށްދިނުމަށެވެ.