‘ނަމޫނާ ރަށް’ މަޝްރޫޢު

KA2A0781

ކަނޑައެޅޭ ރަށްތަކެއްގައި ކުނި ނައްތާލުމަށާއި ޕްލާސްޓިކްގެ މައްސަލައަށް ދެމެހެއްޓެނިވި ޙައްލުތަކެއް ހޯދުމަށް، އެކި ގޮތްގޮތުން އެހީތެރިވެދީ، އެރަށްތަކަކީ ނަމޫނާ ރަށްތަކަކަށް ހެދުމަށް އަމާޒުހިފައިގެން ހިންގޭ މި މަޝްރޫޢުއަކީވެސް މޯޕާ ގެ އެންމެ މުހިންމު މަސައްކަތްތަކުގެ ތެރެއިން އެއް ކަމެވެ. އެގޮތުން، ރަށްރަށުގައި މިކަމާމެދު ހަރުދަނާ ސިޔާސަތުތަކެއް ކަނޑައެޅުމުގެ އިތުރު، ވަޞީލަތްތައް ޤާއިމުކޮށް، ހޭލުންތެރިކަން އިތުރުކުރަން، އެކި ފަރާތްތަކާ ގުޅިގެން ހިންގޭ މި މަޝްރޫޢަކީ، ރާއްޖޭގައި ހިންގޭ މިފަދަ ފުރަތަމަ މަޝްރޫޢެވެ.