ޒުވާން ލީޑަރުން ތަމްރީނުކުރުމުގެ މަޝްރޫޢު

IMG_2411

އޯޝަން ޕްލާސްޓިކްސްގެ މައްސަލައާމެދު ހޭލުންތެރި، ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި، ޝައުޤުވެރިވާ ޒުވާނުންނަށް، މިކަމާ ގުޅޭ އެކި ދާއިރާތަކުގައި، އިންޓާރންޝިޕް ފުރުޞަތުތަކެއް މެދުވެރިކޮށް، މަސައްކަތްކޮށް، ތަޖުރިބާ ހޯދުމަށް، މި މަޝްރޫޢުގައި އިސްކަންދެވޭނެއެވެ. މިއީވެސް މޯޕާ އިން ހިންގާ އެންމެ މުހިންމު އެއް މަސައްކަތެވެ. އޭގެ އިތުރުން، އެކި ރޮނގުރޮނގުން ޒުވާނުން ތަމްރީނުކޮށް، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ޒަމާނީ ފެންވަރުގެ ޚިދްމަތްތަކެއް ކުރާނެ ޖީލެއް އަދި އެފަދަ މަސައްކަތްތައް އިސްވެ ހިންގާނެ ޒުވާން ލީޑަރުންތަކެއް ތަމްރީނުކުރުމަށް ޚާއްޞަ ޕްރޮގްރާމްތަކެއް ހިންގޭނެއެވެ.